ވިޔަފާރި
ރާއްޖޭގެ ހުރިހާ ރަށަކަށް ޓެކްސީ ހިދުމަތް ދެވޭ ގޮތަށް ދި ރައިޑް ލޯންޗުކޮށްފި
ޓެކްސީ ހިދުމަތް ފުޅާކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތް ހޯދައި ދިނުމަށް އާންމު ރައްޔިތުންނަށާއި ޑްރައިވަރުންނަށް ފަސޭހަ ވާނެ ގޮތަށް މުޅި ރާއްޖެ އަށް އަމާޒުކޮށް "ދި ރައިޑް" މޮބައިލް އެޕެއް ތައާރަފް ކޮށްފި އެވެ. 

މިއަދު ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ހަގީގަތަކީ ޓެކްސީ/ކާރެއް ނުވަތަ ސައިކަލެއް ޕިކަޕެއް ބޭނުންވެއްޖެ ނަމަ އަވަސް އަރުވާލާފައި ނިކުންނަނީ މަގުމައްޗަށް "އަތް" އުފުލުމަށެވެ. މި ގޮތަށް އަތް ނަގައިގެން އެތައްއިރެއް ހޭދަކުރަންޖެހެ އެވެ. ނަމަވެސް މިކަން މިއަދު ބަދަލުވެއްޖެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެއަށް މި ވަނީ މިކަމަށް ފަހިކަމެއް އައިސްފަ އެވެ. މާލެ އަދި އަތޮޅު ތެރޭގެ ބުރަ ބޮޑު ދިރިއުޅުމުގައި އުޅޭ މީހުންނަށް، ކިއުގައި އެތައް އިރަކު މަޑުކޮށްގެން ވެހިކަލްއެއް ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތްވީ އެވެ.

"ދި ރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތަށް އެދެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފަ އެވެ.

"ދި ރައިޑް" އެޕަކީ ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ރައްކާތެރި، ހަލުވި އަދި ކަސްޓަމަރުންނަށް އިތުބާރު ލިބޭނެ ފަދަ ފީޗާތަކެއް ހިމެނުމަށެވެ. މިއެ އެޕްލިކޭޝަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އެފަދަ އެޕްލިކޭޝަންތަކާ ވާދަކުރެވޭނެ ފެންވަރަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދި ރައިޑް" އެޕުން ޓެކްސީ ބުކް ކުރުމާއި ޕޭމަންޓް ހެދުމާއި އަދި އެހެން މީހަކަށް ޓެކްސީއެއް ބުކް ކުރެވޭނެ އެވެ. އެ އެޕްލިކޭޝަންގައި ކަސްޓަމަރުންގެ ނަންބަރު ސިއްރުވާނެ އެވެ. އަދި ދަތުރުތައް ދުރާލައި ވަކި ގަޑިއަކަށް ޝެޑިއުލް ކުރެވޭނެ އެވެ. އެޕްލިކޭޝަން ބޭނުން ކުރާ އިރު އޯޓީޕީ މެދުވެރިކޮށް ވެރިފައި ކުރެވޭ އިރު ލައިވް ލޮކޭޝަން ވެސް ބަލައިލެވޭނެ އެވެ.

"ދި ރައިޑް" މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ، ދި ރައިޑް އިން މަސައްކަތް ކުރަނީ ވީހާ ވެސް ފަސޭހައިން ހިދުމަތްތައް ހޯދޭނެ ގޮތް ފަހިކުރަން ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ފަސޭހަ އަދި ހަލުވި ހައްލު ތަކެއް ހޯދައި ދޭނަން. ދި ރައިޑް އިން މަސައްކަތް ކުރާނީ ޓެކްސީ ހޯދުމުގެ ތަކްލީފުން ރައްޔިތުން މިންޖުކޮށް، ދިގު އިންތިޒާރު، ކިޔުތަކުން ރައްޔިތުންނަށް ފުލް ސޮލިއުޝަނެއް ފޯރުކޮށްދިނުން" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ "ދި ރައިޑް" މެދުވެރިކޮށް އަންހެން ވެރިންނަށް ވެސް ދެން ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ. 

ޝިފާ އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

"ދި ރައިޑް" އެޕްލިކޭޝަނާ ގުޅޭ ޕްރޮމޯޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އަލަށް "ދި ރައިޑް" ބޭނުން ކުރާ ފަރާތްތަކަށް ފުރަތަމަ މަހު ހިލޭ ބައިވެރިވެވޭނެ އެވެ.


ނޯޓު: މިއީ ވާހިދު ޖެނެރަލް ޓްރޭޑިންގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
25%
8%
17%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު