
މިއަދު ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ހަގީގަތަކީ ޓެކްސީ/ކާރެއް ނުވަތަ ސައިކަލެއް ޕިކަޕެއް ބޭނުންވެއްޖެ ނަމަ އަވަސް އަރުވާލާފައި ނިކުންނަނީ މަގުމައްޗަށް "އަތް" އުފުލުމަށެވެ. މި ގޮތަށް އަތް ނަގައިގެން އެތައްއިރެއް ހޭދަކުރަންޖެހެ އެވެ. ނަމަވެސް މިކަން މިއަދު ބަދަލުވެއްޖެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެއަށް މި ވަނީ މިކަމަށް ފަހިކަމެއް އައިސްފަ އެވެ. މާލެ އަދި އަތޮޅު ތެރޭގެ ބުރަ ބޮޑު ދިރިއުޅުމުގައި އުޅޭ މީހުންނަށް، ކިއުގައި އެތައް އިރަކު މަޑުކޮށްގެން ވެހިކަލްއެއް ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތްވީ އެވެ."ދިރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތަށް އެދެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފަ އެވެ. ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ މިހާރު ހޯރަފުށި، ކުޅުއްދުއްފުށި އަދި ފުވައްމުލަކި ސިޓީ އަށް ދިރައިޑް ކަސްޓަމާ އެޕް އަދި ޑްރައިވާ އެޕް ހިލޭ ބޭނުން ކުރެވޭނެ ކަމަށާއި އަދި އިތުރު ރަށް ތަކަށް ދި ރައިޑް އެޕް ހިލޭ ބޭނުން ކުރެވޭނެ މަގު ވަރަށް އަވަހަށް ފަހިވެގެން ދާނެ ކަމަށެވެ. އަދި ރަށްތަކުގައި ޓެކްސީ ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފުރުސަތު ދޭނެކަމަށް ޝިފާއު ވިދާޅުވި އެވެ."ދުއްވާނެ އުޅަނދަކާއި އެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ދި ރައިޑް އެޖެންޓަކަށް ވުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެ، އަދި ދި ރައިޑްގެ ރަށު އެޖެންޓުންނަށް ހާއްސަ ކޮމިޝަންއެއް ވެސް ލިބޭނެ " ޝިފާއު ވިދާޅުވި އެވެ.ޝިފާއު ވިދާޅުވީ "ދިރައިޑް" މެދުވެރިކޮށް އަންހެން ވެރިންނަށް ވެސް ދެން ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ. ޝިފާއު އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ވައިބަރު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.