
"ދިރައިޑް"ގެ ހިންގާ ކުންފުނި، ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ ދިރައިޑް އެޕް ބޭނުންކޮށްގެން ގެސްޓް ހައުސްތަކާއި މީހުން ދަތުރު ދާ ރަށްރަށުގައި ސައިކަލް ކުޔަށް ދީގެން މިހާރު ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށެވެ."ރަށުގައި ހުރެގެން ސައިކަލް ކުއްޔަށް ދީގެން މިހާރު ދުވާލަކު 250 ރުފިޔާ، މަހަކަށް 7000 ރުފިޔާގެ އާމްދަނީއެއް ހޯދާ މީހުން އެބަ އުޅޭ" ޝިފާއު ވިދާޅުވި އެވެ. ޝިފާއު އިތުރަށް ވިދާޅުވީ ޕިކަޕް، ސައިކަލް، ކާރު، ނުވަތަ ރަށު ބަގީއެއް ގެންގުޅޭ ފަރާތްތަކުން ދުއްވާނެ އުޅަނދަކާއި އެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ދި ރައިޑް އެޖެންޓަކަށް ވުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެ ކަމަށާއި އަދި ދި ރައިޑްގެ ރަށު އެޖެންޓުންނަށް ހާއްސަ ކޮމިޝަންއެއް ވެސް ލިބޭނެކަމަށެވެ.މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ވައިބަރު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ. "ދިރައިޑް" މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.