ވިޔަފާރި
ދިރައިޑް ޓެކްސީ އެޕް ގަމަށް!
"ދިރައިޑް"ގެ ނަމުގައި އުފައްދާފައިވާ ޓެކްސީ އެޕް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތް ދެވޭނެ ގޮތް މިހާރު ވަނީ ފަހިވެފަ އެވެ.

"ދިރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތަށް އެދެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފަ އެވެ. 

ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ މިހާރު ލ. އަތޮޅު ގަމުގައި ދިރައިޑް ކަސްޓަމާ އެޕް އަދި ޑްރައިވާ އެޕް ހިލޭ ބޭނުން ކުރެވޭނެ ކަމަށާއި އަދި އިތުރު ރަށް ތަކަށް ދި ރައިޑް އެޕް ހިލޭ ބޭނުން ކުރެވޭނެ މަގު ވަރަށް އަވަހަށް ފަހިވެގެން ދާނެ ކަމަށެވެ. އަދި ރަށްތަކުގައި ޓެކްސީ ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފުރުސަތު ދޭނެކަމަށް ޝިފާއު ވިދާޅުވި އެވެ.

ދި ރައިޑް އެޕް ބޭނުން ކުރެވޭ އިތުރު ރަށްތަކަކީ:


  • ހޯރަފުށި،
  • ކުޅުއްދުއްފުށި ސިޓީ
  • ފުވައްމުލަކި ސިޓީ
  • ތުލުސްދޫ
  • ކޫއްޑޫ
  • އައްޑޫ ސިޓީ
"ދުއްވާނެ އުޅަނދަކާއި އެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ދި ރައިޑް އެޖެންޓަކަށް ވުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެ، އަދި ދި ރައިޑްގެ ރަށު އެޖެންޓުންނަށް ހާއްސަ ކޮމިޝަންއެއް ވެސް ލިބޭނެ " ޝިފާއު ވިދާޅުވި އެވެ. 

ޝިފާއު ވިދާޅުވީ "ދިރައިޑް" މެދުވެރިކޮށް އަންހެން ވެރިންނަށް ވެސް ދެން ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ. 

ޝިފާއު އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ވައިބަރު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ. 

"ދިރައިޑް" މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.   

އިތުރަށް ކިޔާލަން: ދިރައިޑް ޓެކްސީ އެޕް: ސައިކަލް ކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް!

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު