ޚަބަރު
ޑޮލަރު އޭޓީއެމްއެއް އަންނަ އަހަރު ވިލިމާލޭގައި ބަހައްޓަން ނިންމައިފި
ވިލިމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް އަންނަ އަހަރު ބަހައްޓަން ނިންމައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ބީއެމްއެލްއިން މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައިވަނީ 2000 ވަނަ އަހަރު އެވެ. އަދި މިދިޔަ 24 އަހަރު ތެރޭގައި މާލެ ފިޔަވައި 81 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވެ އެވެ. އިއްޔެ މަންދޫގައި ހުޅުވާފައިވަނީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމް އެވެ.

އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަދި ގެސްޓް ހައުސްތައް އެންމެ އެންމެ ގިނަ ރަށްތަކާއި، އާބަން ސެންޓަރުތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާ ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފަ އެވެ. މިމަޝްރޫއުގެ ދަށުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ސަަރުކާރުން ވަނީ ނިންމާފަ އެވެ. 

"އަޅުގަނޑު މިދޭތެރެއިން އިއުލާންކުރިން 70 ރަށެއްގައި ޔޫއެސް ޑޮލަރު ބަހައްޓާ ވަހަކަ. އޭގެ ތެރެއިން އެއް އޭޓީއެމް ވިލިމާލޭގައި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައި،" ވިލިމާލޭގެ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް ރޭ ވިދާޅުވި އެވެ.

ގިނަ ރަށްތަކެއްގައި އޭޓީއެމް ނުބަހައްޓާ އިރު ބީއެމްއެލްގެ ހިދުމަތް ރަށްތަަކަށް ދެމުން އައީ މޯބައިލް ބޭންކިން އުޅަނދުތައް ފޮނުވައިގެންނާއި ރަށު އެޖެންޓުން މެދުވެރިކޮށެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު