
އދ. ގެ ޔުނެސްކޯގެ ދަށުން ހިންގާ "އޯޝަން ޑެކޭޑް"އަކީ ރާއްޖެ ކަހަލަ ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިނީޝިއޭޓިވް އެކެވެ.ޔުނެސްކޯ އައިއޯސީން މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް "އޯޝަން ޑެކޭޑް"ގެ އެޑްވައިޒަރީ ބޯޑުގައި ތިއްބަވާނެ މުޅިން އާ 10 ބޭފުޅަކު މިދިޔަ ހަފުތާގައި އައްޔަން ކޮށްފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 200 ނޮމިނޭޝަންގެ ތެރެއިން ހޮވުނު 10 ބޭފުޅުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.ކަނޑުގެ ދާއިރާއާ ގުޅޭ ތަޖުރިބާކާރުގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި 15 މެމްބަރުން ތިއްބަވަ އެވެ. ކުރިއަށް އޮތް ދެ އަހަރަށް އައްޔަންކުރި އިތުރު ފަސް މެމްބަރުންނަކީ މިހާރު ވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ.ޝައުނާ ހިމެނިވަޑައިގަންނަވާ ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ އަންނަ ޖަނަވަރީ މަހުގައެވެ.ޝައުނާ މިހާރު ހުންނެވީ ސޮނެވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ސަސްޓެއިނަބިލިޓީ އެޑްވައިޒަރުގެ މަގާމުގަ އެވެ. އޭގެ އިތުރުން، އޯޝަން ރިސްކު އެންޑް ރިސިލިއަންސް އެކްޝަން އެލަޔަންސްގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް އޭނާ ހިދުމަތް ކުރައްވަ އެވެ.ޝައުނާއަކީ ތިމާވެށްޓާ ގުޅޭ އެކި ކަންކަމުގައި ވަކާލާތުކުރައްވާ، އޭނާގެ މިނިސްޓަރުކަމުގެ ދަށުން ތިމާވެށީގެ އެކި މަޝްރޫއުތައް ކުރިއަށްގެންގޮސްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްއިން 2020 ވަނަ އަހަރު ޔަންގް ގްލޯބަލް ލީޑަރުގެ މަގާމާއި، މަޝްހޫރު މެގަޒިން ބްލޫމްބާގް އިން ދޭ "ނިއު އިކޮނޮމީ ކެޓަލިސްޓް" މަގާމު 2023ގައި ހޯދައިފައެވެ.ޝައުނާވަނީ ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އަދި އިކޮނޮމިކްސްގެ ދާއިރާއިން ވެސްޓްމިންސްޓާ ކޮލެޖުން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.