
ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، މާލެ ތޮއްޖެހުމުގެ ޝަކުވާ އަޑުއިވޭއިރު، ރަށްތަކުން ވެސް އެ ކަމާ ގުޅޭ ވަރަށް ބޮޑު ޝަކުވާއެއް އެބަ އޮތް ކަމަށެވެ.އޭގެ މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ތ. ކިނބިދޫއެވެ. އެ ރަށުގައި ދަރިވަރުން މަދުވުމުން ސުކޫލުގައި ގްރޭޑު އެކެއް މިހާރު ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ."މި އަންނަ އަހަރު ގްރޭޑު ދޭއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ތިނެއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ހަތަރެއް ނޯންނާނެ. އިސާހިތަކު ކިނބިދޫއެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިންވެސް ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.