އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ރާއްޖޭން އެދިއްޖެ
ހުނައިދާ ޔާސިރު
19 އޭޕްރީލް 2026 - 16:22
0 comments
ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ޕީއެސްއެމް
ރާއްޖެއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ރާއްޖެއިން އެދިއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އާއި "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއިން އެދިފައިވަނީ އޮކްޓޯބަރު 2024 ގައި ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. އެ ނޫސްތަކުގައިވާ ގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފައެވެ.ސްކޫކަށް 500 މިލިއަން ޑޮލަރު ރާއްޖެެއިން މި މަހު ދައްކާފައިވުމުން އިންޑިއާގެ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުނުކުރެވިއްޖެނަމަ ރާއްޖޭގެ މާލީ ހާލަތަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ އެވެ. އިންޑިއާ ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ އެދުމާ މެދު ވިސްނައި، ގަވާއިދުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ދިރާސާކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެެވެ.އިންޑިއާއިން މިހާރު ވެސް ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ރާއްޖެއަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑުތަކުގެ މުއްދަތު އިންޓަރެސްޓް ނާރާ ގޮތަށް ފަސްކޮށްދީފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު