
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮމިޓީން ޒަރީރުގެ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. ވަޒީރުންނަށް ރުހުން ދިނުމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓިއުޓްގެ މެނޭޖްމަންޓް އެކައުންޓެންޓްސްއިން ޒަރީރަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް ލިބިވަޑައިގެންފަައި ވެއެވެ.