ވިޔަފާރި
ބީއެމްއެލްއިން ނެޓްބޯޅަ މުބާރާތްތައް ބާއްވަން އެހީ ދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ތިން އަހަރުގެ އެ އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން އެފަދަ މުބާރާތްތައް ގަވާއިދުން ބާއްވަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ގާއިމުކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް ބޭންކުން ބޮޑު އިސްކަމެއް ދެއެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ އިތުރުން، ބީއެމްއެލް އިން ދަނީ ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، އަދި ޓެނިސް އެސޯސިއޭޝިއަން ފަދަ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކުވެސް ބޭންކުން ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު