ކުޅިވަރު
ޖަރުމަނަށް ވަރުގަދަ ފެށުމެއް، ކިއުރަސާއޯ ކޮޅަށް 7ލަނޑު
ފީފާ ވޯލްޑް ކަޕެއްގައި މިހާތަނަށް ކުޅުނު އެންމެ ކުޑަ ގައުމެއް ކަމަށްވާ ކިއުރުސާއޯ އަތުން 7-1 އިން  މޮޅުވެ، ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ތަފާތު ފޯމެއްގައި ފަށައިފި އެވެ.  

ޖަރުމަނުން މުޅި މެޗުހެން ޑޮމިނޭޓުކުރި މި މެޗު ފަށައިގެން ހަ މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއްޖަހައި ލީޑުނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފީލިކްސް މެޗާއެވެ.

ޖަރުމަނުން ލަނޑެއްޖަހައި ލީޑުނެގިތާ 15 މިނެޓުފަހުން، މުޅިން އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ކިއުރަސާއޯއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ތާރީހީ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވާނޯ ކޮމެނެންޝިއާއެވެ.

ކިއުރަސާއޯ އިން ނަތީޖާ ހަމަހަމަކުރުމާއެކު ޖަރުމަނުން ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިގެން ކުރި މަސައްކަތުން މި ހާފުގައި އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައި އެވެ. އެގޮތުން އެ ޓީމަށް އަލުން ލީޑުނަގައިދިން ލަނޑު، މެޗުގެ 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަބެކް ކާމިޔާބުކޮށްދިންއިރު، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކައި ހަވާޓްޒް ވަނީ ޖަރުމަނުގެ ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ މި ލަނޑު ޖަހައިދީފައި ވަނީ ލިބުނު ޕެނަލްޓީއަކުން، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ. 

ޖަރުމަނުން ދެވަނަ ހާފު ފެށީ ވެސް ގޯލަކުންނެވެ. މެޗުގެ 47 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ. އެއަށް ފަހު މެޗުގެ 68 ވަނަ މިނިޓުގައި ޒުވާން ޑިފެންޑަރު ނަތަނިއެލް ބްރައުން ގައުމީ ޖޯޒީގައި ފުރަތަމަ ފަހަރަށް ލަނޑު ޖެހި އިރު، އޭގެ 10 މިނިޓު ފަހުން އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ ޑެނިޒް އުންޑޭވް އެވެ.  މިއީ، ޖޯޝުއާ ކިމިކް ދިން ބޯޅައަކަށް ހުސްކޮށް އަރައި ހުރި އުންޑާވް ހަމަޖެހިލައިފައި ޖެހި ގޯލެކެވެ. އަދި، އޭގެ ފަހުން ހަވާޓްޒް ވަނީ އިތުރު ގޯލެއް ޖަހައިފަ އެެވެ.

ކިއުރުސާއޯ އިން ދެ ވަނަ ހާފުގައި ވެސް ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެ، ފުރުސަތުތަކެއް ހޯދާފައިވެ އެވެ. 

މި ގްރޫޕްގެ ދެ ވަނަ މެޗުގައި އައިވަރީ ކޯސްޓުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު