ޚަބަރު
ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ގައި ވަގުތީ މާރުކޭޓެއް ތަރައްގީކުރަނީ

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ ބާޒާރެއް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

މި މާރުކޭޓު ތަރައްގީކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގަ އެވެ.

ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުހިފާފަ އެވެ.

އަދި މާރުކޭޓުގެ މަސައްކަތް ނިމުމާއެކު ގޮޅި ލިބޭ ފަރާތްތައް ހޮވާނީ އާންމުކޮށް އިއުލާނުކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ ބާޒާރެއް ގާއިމުކުރާއިރު، އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ފިހާރައެއް ދެވަނަ ފޭސްގައި ރަމަޟާން މަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު