ވިޔަފާރި
މޯލްޑިވް ގޭހުން ގޭސް ވިއްކުން ލިމިޓްކޮށްފި
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް މޯލްޑިވްސް ގޭސް އިން ވިއްކާ ގޭސް ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު ދަށްކުރި އެވެ. ޖެނުއަރީ މަހު މޯލްޑިވްސް ގޭސް އިން ވިއްކާ ގޭހުގެ ޝިޕްމަންޓް އެއްކޮށް ހުސްވިކަން ވެސް ފާހަގަކުރެވެ އެވެ.

އެގޮތުން އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން، މޯލްޑިވް ގޭސްއަށް އޭރު ގޭސް ފޯރުކޮށްދިނީ ވިލާ ގޭހުންކަން ފާހަގަކުރެވެ އެވެ.

މޯލްޑިވް ގޭސްއިން މިއަދު ބުނީ، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާއަށް ކަމަށެވެ.

"އެއީ މިހާރު ހުރި ވަރު އިނގޭތޯ ލިބެން މި ވަގުތަށް، [ގޭހުގެ] ޝޯޓޭޖެއް އައީމަ،" މޯލްޑިވް ގޭސްގެ އޮފިޝަލު ވިދާޅުވި އެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު