
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ހަވާލާދީ އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައި ވަނީ ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަނީ 1.69 ޑޮލަރަށް ކަމަށެވެ. ކުރިން ކުރިން ލީޓަރެއް ވިއްކަމުން އައީ 1.19 ޑޮލަރު ކަމަށެވެ.މިއީ މި ފަހުން ރާއްޖޭގައި ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ. ކަމަޝަރީފް ވިދާޅުވެފައިވާ ގޮތުގައި ޖެޓް ފިއުލްގެ އަގުބޮޑު ކުރަން މަޖުބޫރުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ އެވެ.މިފަހުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ރެކޯޑް އަދަދަކަށް ބޮޑުކޮށްފަ އެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން %18.6 ބޮޑުކޮށްފައިވާއިރު، ޑީސަލް ލީޓަރަކުން %26 ވަނީ ބޮޑުކޮށްފަ އެވެ.