ޚަބަރު
އާރުޑީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ
ނައިފަރުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ. --- ފޮޓޯ: އާރުޑީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން jobs@rdc.com.mv އަށް ފޯމު ހުށަހަޅަންޖެހެ އެވެ.

އާރުޑީސީން މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާ ރަށްތަކަކީ:

  • ހއ. އުލިގަން - 50 މުވައްޒަފުން

  • ނ. މިލަދޫ - 32 މުވައްޒަފުން

  • އއ. ރަސްދޫ - 42 މުވައްޒަފުން

  • ޅ. ހިންނަވަރު - 1 މުވައްޒަފު

  • ޅ. ނައިފަރު - 12 މުވައްޒަފުން

  • ކ. ކާށިދޫ - 24 މުވައްޒަފުން

  • ތ. މަޑިފުށި - 13 މުވައްޒަފުން

ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީއިން އިއުލާންކުރިއިރު، ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގައެވެ.

މީގެ ކުރިން ވެސް އިންތިހާބުތަކާ ކައިރިކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ވަޒީފާ އާއި ޕްރޮމޯޝަން ދޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު