ޚަބަރު
ހިޔާ ފްލެޓެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް
ހިޔާ ފްލެޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ފްލެޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. 

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން އާއްމުކޮށްފައިވާ ފޮޓޯތަކުން އެ ކޮޓަރީގެ ގޮދަނޑި ވަރަށް ބޮޑަށް އަނދާފައިވާ މަންޒަރު ފެނިގެން ދެއެވެ.

އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު