ޚަބަރު
އަމާން އުދަރެސްގެ ބައެއް ފްލެޓުތަކުގެ ފެން ބިލް ބޮޑުވެއްޖެ، މައްސަލަ ބަލަނީ!
ގެދޮރުވެރިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: ފޮޓޯ: މިހާރު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކޮށްފައިވާ "އަމާން އުދަރެސް"ގެ މީހުން ދިރިއުޅެމުން އަންނަ ބައެއް ފްލެޓުތަކުގެ ފެން ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށާއި ފެން ބޮޑު ބިލުގައި މައްސަލައެއް އުޅޭ ނަމަ ހުށަހަޅަން އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އަމާން އުދަރެސްގެ ބައެއް ފްލެޓުތަކުގެ މިދިޔަ މަހުގެ ފެން ބިލަށް 7،000ރ. އަށް ވުރެ މަތިން އަރާފައިވާ މައްސަލަ ބައެއް މީހުން ވަނީ ފެންމަތިކޮށްފަ އެވެ.

އެފްޑީސީން ބުނީ، އެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައުމާ އެކު، "އަސްލު ދެނެގަނެ" ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ފެން ބިލްގެ އަދަދުގެ މައްސަލަ ފާހަގަވި މީހުން އެފްޑީސީގެ ހޮޓްލައިން 3345500 ނުވަތަ hello@fdc އަށް އީމެއިލް ފޮނުވައިގެން ހިއްސާ ކުރަން އެ ކޯޕަރޭޝަނުން އެދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު