އުރީދޫގެ އޭޓީވީ ލިބުނު ފުރަތަމަ ނަސީބުވެރިޔާ ހަސަން ނިޝާނާ އިނާމު ހަވާލުކުރުން -- ފޮޓޯ: އުރީދޫ
ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދިނުމަށް އުރީދޫން ފެށި ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިއިފި އެވެ.
އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވުނީ ނ. ހޮޅުދޫ، ހަސަން ނިޝާންއެވެ.އަންނަ ޑިސެމްބަރު 31، ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދެ މަހަކުން އެއްފަހަރު އޭޓީވީ ލިބޭ ނަސީބުވެރިޔެއް ހޮވާނެ އެވެ.އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެއް ކަމަށެވެ.މި ގުރުއަތުލުމުގައި ބައިވެރިވުމަށް އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ހިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހެ އެވެ.އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، އެ ޕްރޮމޯޝަނުގައި ޖުމްލަ ހަ އޭޓީވީ ދޭނެ އެވެ. މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށްފަ އެވެ.