ވިޔަފާރި
އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ
ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ނުވަތަ އީވީ ވެހިކަލްތަކަށް ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ސަރުކާރުން ނިންމައިފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުން އެއީ އިލެކްޓްރިކް ކާރެއްކަން ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ތިމާވެށްޓާއި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގެނައުމާއި ގުޅޭގޮތުން ރައިސް ޑރ. މުހައްމަދު މުއިއްޒު ކޮޕް 29 ގައި އިއުލާނު ކުރެއްވި ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަ ކުރަނިވި ހަކަތައް ދޭ އަހަމިއްޔަތުކަމުގެ ސިޔާސަތުގެ ދަށުން، ނިންމި ނިންމުމެއްކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ގަވާއިދު އިސްލާހު ކުރުމަށްފަހުގައި ކަމަށެވެ.

އީވީ ވެހިކަލްތަކަށް ހާއްސަ ނަންބަރު ބޯޑެއް ތައާރަފުކުރާއިރު، މި އަންނަ ކުޑައީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. 

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދިނުމަށް ތިން ސައިޒެއްގެ ޖުމްލަ 100 ކާރު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު