ޚަބަރު
ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
އިގުބާލް
ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިގުބާލް ފެނިއްޖެ އެވެ.

ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލް ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ. 

ފުލުހުން މިއަދު ބުނީ، އިގުބާލް ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އިގުބާލް ފެނުނީ ފުލުހުން ބުނި ގޮތުގައި، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގެ ކައިރީގައި އޮއްވަ އެވެ. 

"އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

އިގުބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، މިކަމުގައިއެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު