
އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި ގަރާރެއްގަ އެވެ.ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.މި ރަށްތައް މަޑުއްވަރީ އަދި މީދޫގެ އިހުތިސާޞްގެ ތެރޭގައި ހިމެނުމަށް ނިންމަވާ، ރައީސް އެކަން އިއުލާނު ކުރެއްވީ، މިދިޔަ މަހުގެ 22ވަނަ ދުވަހު އެއަތޮޅަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.ރައީސްގެ މި ވަޢުދުފުޅަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށް ވެސް އެންމެ ރަނގަޅު ހައްލުކަމަށް ވާތީކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މީދު އާއި މަޑުއްވަރީއަކީ ވެސް ޖާގައިގެ ދަތިކަން ބޮޑު ދެ ރަށެވެ. އެހެންވެ، އެ ދެ ފަޅު ރަށް، މީދު އާއި މަޑުއްވަރި އަށް ހަމަޖެއްސުމުން، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.އެއާ އެކު ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ކުޑަ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.