ވިޔަފާރި
ކުކުޅު ފިހާރަ: ހިލޭ ބޯންލެސް ޗިކަން ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ކުކުޅު ފިހާރަ: ހިލޭ ބޯންލެސް ޗިކަން ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ކުކުޅު ފިހާރައިން ހިލޭ ބޯންލެސް ޗިކަން ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. 

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ފެށި މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ބޯންލެސް ޗިކަން ކޭހަކަށް (ކޮންމެ ސައިޒަކުން) ވެސް އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަމަށެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު