ވިޔަފާރި
ކުކުޅު ފިހާރަ: ހިލޭ ކުކުޅު ކުރަނޑި ކޭސް ލިބޭ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިން ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ދެ މަސް ދުވަހުގެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކީ ނޮންނި އިއްކޮ އެވެ.

ދެ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ދަނީ ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖްގެ ކުކުޅު ކުރަނޑި ކޭސް ޕްރޮމޯޝަންގެ ޕޯސްޓަށް އެންމެ ގިނަ ލައިކް، ޝެއާ، ޓެގް އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް، ޝެއާ، ކޮމެންޓް އަދި ޓެގް ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާ ގޮތަށެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެ އެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެ އެވެ. 

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު