ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން
އިބްރާހިމް އިމާދު
10 މެއި 2026 - 11:07
0 comments

ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮ ތަހުނިޔާ ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް ނުހަނު ލޯތްބާއެކު އަރިސްކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ގައުމީ ޒިންމާއެއް ކަމަށެވެ.މީގެ އިތުރުން ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ގާބިލުކަން ކުޑަކުދިންނަށް ހޯދައިދިނުމާއި އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަ ނުދިނުމަކީ އެކުދިންނަށް ހަގީގީ ލޯބިދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ 10ގައެވެ.
ކިޔުންތެރިންގެ ޝުއޫރު