ޚަބަރު
ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ބައި ލައްކައަށް ވުރެ ގިނަ މީހުން ފޯމު ލައިފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ރޭ ބުނީ ‏"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.

‏"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މާލޭގެ ރަށްވެހިންނަށް ބިން ދޫކުރަން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަދި މާލޭގައި ދިރިއުޅޭ، ޝަރުތު ފުރިހަމަވާ އެހެން ރަށްރަށުގެ މީހުންނަށް ބިން ދޫކުރަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓު ދޫކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު