ޚަބަރު
ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވީ 141 ވަނަ ފްލެޓްގައި މިއަދު ފަތިހު 4:32 ގައެވެ. ސިފައިންގެ ފަޔަމަނުންގެ މަސައްކަތުން އަލިފާން ނިއްވާލެވުނީ ފަތިހު 4:58 ހާއިރު އެވެ.

މިހާދިސާ ހިނގީ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ ހާދިސާ ރިޕޯޓު ކުރުމާއެކު އެ ތަނަށް ގޮސް ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި 18 އަހަރު ނުވާ ދެ ކުދިންވެސް ހިމެނެ އެވެ. އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ތަނުގައި ދިރިއުޅެމުންދިޔަ އެއް އާއިލާއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން، އެ އާއިލާގައި ހިމެނޭ ހަ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންކަމަށް ބުންޏެވެ.

މީގެ އިތުރުން، ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަމަށް އެންޑީއެމްއިން ބުންޏެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު