
އެ ގަވާއިދުގައި ބުނާ ގޮތުން 10 ބުރިއަށް ނަގާ އިމާރާތްތަކުގައި ތިރީ ފަންގިފިލާ (ބޭސްމަންޓު) ހާއްސަކުރަން ޖެހެނީ ޕާކިންއަށެވެ. އަދި ފުރަތަމަ ފަންގިފިލާ ހާއްްސަކުރަން ޖެހެނީ މީހުން ދިރިއުޅުން ނޫން އެހެން ބޭނުމަކަށެވެ.މި ހުއްދަ ދޫކުރަނީ އެކި ޒޯނުތަކުގައި ހުރި ގޯތިތަކުގެ ބޮޑުމިނަށް ބެލުމަށް ފަހު އެވެ. 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދެނީ 901 އަކަފޫޓަށްވުރެ ބޮޑު ގޯތީގަ އެވެ. ލިފްޓު ހަރުނުކޮށް އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ފަސް ފްލޯއަށެވެ.ގަވައިދުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންނެވެ. އެއާއެކު، ބިންތަކުގެ އިން ވަކިކުރާ ފާހަގަތައް ޖެހުމާއި ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ.ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، މިދިޔަ ޑިސެމްބަރު 22ގައެވެ.