ޚަބަރު
ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި
ހުޅުމާލެ ލަކުޑި ޖެޓީ-- ފޮޓޯ: ވެކްޓީޒީ/ސޯޝަލް މީޑިއާ
ވަކި މުއްދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.

އެޗްޑީސީން ބުނީ ޖެޓީއާ ކައިރިކުރަން އުޅުނު ބާޖަކުން ޖެހި ޖެޓީއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

ޖެޓީގެ މިހާރުގެ ހާލަތަށް ބަލައި އެތަން ބޭނުންކުރުމަކީ އާންމުންގެ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ، އެ ސަރަހައްދު މިއަދުން ފެށިގެން ބަންދުކުރުމަށް އެ ކޯޕަރޭޝަނުން ނިންމީ އެވެ.

ވަގުތީ ގޮތުން، ލަކުޑި ޖެޓީ ބަންދުކުރިއިރު، އެއީ ހުޅުމާލެއަށް އަންނަ އެތައް ބަޔަކު ފުރުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި، ކޮފީ ބުއިން ފަދަ ހިތް އުފާކޮށްލާ ފަދަ ކަންކަމުގައި ލަކުޑި ޖެ ޓީއަށް ޒިޔާރަތްކުރާ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް، ހުޅުމާލެއިން ފުރުމަށް އެހެން ސަރަހައްދެއް ހަމަޖެއްސި ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު