ޚަބަރު
ދިވެހި ހުރިހާ ހާޖީން ވެސް މިހާރު އަރަފާތަށް ހިނގައްޖެ
ދިވެހި ހައްޖުވެރިއެއް އަރަފާތު ބިމުގައި: އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނޭ.
ބަލިވެގެން އަރަފާތު ބިމަށް ދިއުން ލަސްވި ހާޖީ ވެސް މިހާރު ހުރީ އެ ބިމުގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.

އިސްލާމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފަތިހު ވިދާޅުވި ގޮތުގައި، އެއް ހައްޖުވެރިއަކު ފިޔަވައި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައެވެ. އެ ހައްޖުވެރިޔާ ވެސް އަރަފާތަށް ގެންދާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

އެއް ހައްޖު ވެރިއަކު އޭރު އަރަފާތަށް ނުގެންދެވުނީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައިވާތީ އެވެ.

އަރަފާތު ބިމަށް ދިއުން ލަސްވި މީހާ ވެސް އެ ބިމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދު ހެނދުނު ހައްޖު މިޝަނުން ބުންޏެވެ. އޭގެ ފަހުން، 11 ޖަހާކަށްހާއިރު ހައްޖު މިޝަންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުރިހާ ދިވެހި ހައްޖާޖީން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ.

ހޮސްޕިޓަލުގައި ފަރުވާދޭންޖުހުނު އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު