ޚަބަރު
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ހާޖީން އަރަފާތަށް ހިނގައްޖެ
ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން، އެކަކު ފިޔަވައި ހުރިހާ ހާޖީން އަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަރަފާތަށް އައުމަށް ހައްޖުވެރިން މިނާއިން ބަހުގައި ދަތުރު ފެށީ ރާއްޖެގަޑިން ރޭ 11:00ގަ އެވެ. އެންމެ ފަހު ބަހުގެ ހާޖީންނަށް އަރަފާތަށް އާދެވިފައި ވަނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާއެއް ދެެވެމުންދާ ކަމަށެވެ.

"އިންޝާﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ،" ޝަހީމް ވިދާޅުވި އެވެ. 

ރާއްޖޭން މި އަހަރު ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރެ އެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ. 

ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު