ދީން
ހައްޖަކީ ދިރިއުޅުން ރީސެޓު ކޮށްލައިދޭނެ މަތިވެރި އަޅުކަމެއް!
ހަރަމްފުޅު ސަރަހައްދަށް އިއްޔެ ހައްޖާޖީން ޖަމާވެފައި ތިބި ވަގުތެއްގައި
ހައްޖަކީ އޭނާގެ ދިރިއުޅުން "ރީސެޓު" ކޮށްލައިދޭނެ މަތިވެރި އަޅުކަމެއް ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޔޫސުފް ޖުހޫދު ބުނެފި އެވެ. 

ހައްޖުގެ އަޅުކަމަށް ގޮސް އަރަފާތު ބިމުގައި ހުރި ޔޫސުފް ޖުހޫދު ބުނީ ހައްޖުގެ އަޅުކަމަކީ ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެއީ ބައެއް މީހުން ހަޔާތުގައި ކުރާ އެންމެ އުނދަގޫ ކަންތައް ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް އެހާ މާތް، އަދި އޭގެ ސަބަބުން އެހާ ގިނަ ފައިދާތަކެއް ލިބޭ އަޅުކަމެއް ފަސޭހަ ނުވާނެ ކަމަށާއި އެ އަޅުކަން އަދާ ކުރުމުގައި ގުރުބާނީތަކެއް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

ޖުހޫދު އިތުރަށް ބުނީ އެތައް ހާސް ބަޔަކު ސައުދީ އަރަބިއްޔާއަށް ދަތުރުކޮށް، އެ ދަތުރު ކުރުމަށް ގިނަގުނަ ގުރުބާނީތައް ވެފައި ވުމީ އެ ކަމާ މެދު އޭނާ އަަބަދު ވެސް އާޝޯހުވާ ކަމެއް ކަމަށެެވެ. 

ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި، ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު