ޚަބަރު
ހުޅުމާލޭ ދުވާރުމަތީ ޕާކުކުރުން އާންމު އުނދަގުލަކަށް!
ހުޅުމާލޭގެ ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުމަތީގައި އުޅަނދުތައް ޕާކުކުރަމުންދާތީ އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި، އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ހުޅުމާލޭގެ ދުވާރުތަކުގެ ދެ ފަރާތުގައި ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައިހުރެ އެވެ. މީގެ ސަބަބުން ހިނގާ މީހުންނަށާއި މަގު ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެ އެވެ. ވަކިން ހާއްސަކޮށް އާންމު ދަތުރުފަތުރަށް ބުރޫއަރަ އެވެ.

ދިވެހި ފުލުހުން އަންނަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ޓްރެފިކްގެ މައްސަލަ ބޮޑުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި ދިރާސާއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކުރިއެވެ.

އެ ދިރާސާގެ ނަތީޖާ މިދިޔަ އަހަރު އާންމުކުރިއިރު، ދިރާސާއިން ދެއްކި ގޮތުގައި، މާލޭ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުންދެ އެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު