ޚަބަރު
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ގަތަރުގެ ކުރީގެ އަމީރު،ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ނިންމަވައިފައިވަނީ، މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ކަމަށެވެ.

ރައީސް އެގޮތަށް ނިންމެވީ ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހު ހަމަދު ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައިވަނީ، ގަތަރުގެ ކުރީގެ އަމީރުގެ ލީޑާޝިޕްގައި އެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ބޮޑު އިސްކަމެއް ދެއްވައި، އެ ގައުމުގެ ތަރައްގީގައި އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގައި ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި، އަދި ނުފޫޒުގަދަ އެއް ގައުމަށް ހެއްދެވިއެވެ. ޚާއްސަކޮށް ޤަޠަރުގެ ގޭހުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ އިގުތިޞާދު ވަރުގަދަކުރައްވައި، މުޅި ދުނިޔެއަށް މަޝްހޫރު "އަލްޖަޒީރާ" މީޑިއާ ނެޓްވޯކް އުފެއްދެވީވެސް އެ މަނިކުފާނުގެ ރޭވުންތެރިކަމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު