ޚަބަރު
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 13 ކޭސް
މީހަކަށް ހިމަބިހީގެ ވެކްސިން ދެނީ - ފޮޓޯ: ކަރެކްޝަންސް
ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) ގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. 

އެޗްޕީއޭއިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާއިރު، މި އަހަރު މިހާތަނަށް ހިމަބިހީގެ ޖުމްލަ 199 ކޭސް ފެނިފައިވާ ކަމަށެވެ. 

މެއި މަހުން ފެށިގެން ރާއްޖެ އިން ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 12،971 މީހަކަށް ވެކްސިން ދީފައިވެ އެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު