ވިޔަފާރި
އުރީދޫ ކަސްޓަމާ ހަފުތާ: އުރީދޫގެ ސީއީއޯ ސޯޝަލް މީޑިއާގެ ފްރަންޓްލައިނަށް
އުރީދޫގެ "ކަސްޓަމާ ސާވިސް ވީކް" ގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ބައިވެރިވެވަޑައިގެންފި އެވެ. 

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ ކަސްޓަމާ ސާވިސް ވީކްގެ ޝިއާރު ކަމަށްވާ "ގޯއިންގް ބިޔޯންޑް ސްޓާޓްސް ވިތު އަސް" ގެ ދަށުންނެވެ.

މިއީ ކަސްޓަމަރުންގެ އަޑުއަހައި، ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އަދި ކަސްޓަމަރުންގެ އާންމު ތަޖުރިބާތަކާ އިތުރަށް ގާތްވެ، ފެންވަރު ރަނގަޅު ކަސްޓަމާ ކެއާއެއް ފޯރުކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

މި ސެޝަންގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުން ފޮނުވާފައިވާ ތަފާތު ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޝާދީ ސީދާ ޖަވާބު ދެއްވާ އުރީދޫގެ ކަސްޓަމާ ސާވިސް ޓީމުތަކުން ކޮންމެ ދުވަހަކުވެސް ކުރަމުންދާ މުއާމަލާތްތައް އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވި އެވެ.

މި އިސްނެގުމަކީ ކަސްޓަމާ ސާވިސް ވީކަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށާއި މި ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސްގެ އިސް ލީޑާޝިޕް ޓީމުން ފްރަންޓްލައިން މުވައްޒަފުންގެ ދައުރު އަދާކޮށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

"ކަސްޓަމާ ސާވިސް ވީކް"އަކީ އުރީދޫ މޯލްޑިވްސްގެ ފްރަންޓްލައިން ޓީމުތަކުގެ އަގުވަޒަންކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ. އެ ޓީމުތަކުގެ ހިތްވަރާއި އޯގާތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތަކީ ކަސްޓަމަރުންނާ އެކު ރަނގަޅު ގުޅުމެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވެސް ބުންޏެވެ.

މި ހަރަކާތްތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ކަސްޓަމާ ކެއާއެއް ފޯރުކޮށްދިނުމަކީ މުޅި ކުންފުނީގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް، ކޮންމެ މުއާމަލާތަކީ ވެސް ކަސްޓަމަރުންގެ އަޑުއަހައި، ދަސްކޮށް އަދި ކަސްޓަމަރުންނަށްޓަކައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ލިބޭ ފުރުސަތެއްކަން އަންގައިދެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު