ޔޫނުސް އިބްރާހިމް
14 އޮކްޓޫބަރ 2026 - 19:01
0 comments
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ހުސެއިން ވަކިކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު ޕީސީބީން ބުނީ، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރީ ވަކި ސަބަބަކާ ގުޅިގެން ނޫންކަމަށެވެ.އަފީފް މަގާމުން ވަކިކޮށްފައިވާއިރު، ސަރުކާރުން ވަނީ ފެނަކަ ކުންފުނީގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމައި، އެ ކުންފުނި އުވާލަން ނިންމާފަ އެވެ.ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް މުއިއްޒު ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލުމަށް ކަމަށެވެ.
އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.