ޚަބަރު
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ހަރަކާތެއް ފަށައިފި
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކަމުންދާ ބިމުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ގައުމީ ހަރަކާތެއް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ހަރަކާތް އިފްތިތާހު ކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވީ މިއީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އުފެދެމުން އައި ވަކިވަކި އަޑުތައް އެއްކޮށްލައިގެން ފެށި ވަރުގަދަ މަސައްކަތެއް ކަމަށެވެ. ސަރުކާރުން އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކޮށްލަން ނިންމި ނިންމުން ބާތިލު ކުރަންދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ވަސީލަތެއް ބޭރު އިންވެސްޓަރުންނަށް ދޫކޮށްލަންވާނީ، އޭނާ ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު، ދެފުށް ފެންނަ އުސޫލުތަކެއްގެ ތެރެއިންނެވެ.

"އަޅުގަނޑުމެން މިކަމާ ދެކޮޅަށް މި ތެދުވީ މި ދެންނެވި ހަމަތަކުގެ ތެރެއިން ނެއްޓި، ރައީސް މުއިއްޒު މި މަޝްރޫއު ހިންގެވުމުގެ މަސައްކަތް ކުރާތީ،" އިމްރާން ވިދާޅުވި އެވެ.

"މިކަން އަޅުގަނޑުމެން ރައްޔިތުންނާ އެކު ތެދުވެ ހުއްޓުވާނަން."

އީގަލް ހިލްސްގެ މަޝްރޫއު:

  • އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދޭން ވަނީ ނިންމާފައި

  • މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ

  • އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

  • އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ

  • މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި

  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ

މި މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މި އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު