ވިޔަފާރި
އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެމްޓީޑީސީ ޓަވަރާ އެކު އެ ކުންފުންޏަށް ދާއިމީގޮތެއްގައި އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިފައިވާ ކަމަށެވެ. 

އެމްޓީޑީސީ އަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށާއި، އާންމުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިއްސާވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެވެ. 

ކުންފުނީގެ މައިގަނޑު މަސައްކަތުގެ ގޮތުގައި ހިމެނެނީ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމެވެ. އަލަށް ހުޅުވި އިމާރާތާއެކު އެމްޓީޑީސީގެ އަމާޒު ހާސިލްކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. 

ދިހަ ބުރީގެ އެ އިމާރާތް އެޅުމަށް އެ ކުންފުނިން ހުޅުމާލެއިން ބިމެއް ހޯދީ 2022 ވަނަ އަހަރުގަ އެވެ. އަދި ޗައިނާގެ ހުނާން ސިކްސް އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެ މަސައްކަތުގެ ދަށުން އިމާރާތުގެ ބިންގާ އަޅާއި މަސައްކަތް ފެށީ 2024 ވަނަ އަހަރުގަ އެވެ. 

އޮފީސްތަކުގެ އިތުރުން އެ އިމާރާތުގެ ބޭސްމަންޓުގައި ޕާކުކުރެވޭނެ ޖާގަ ހަދާފައިވެ އެވެ. ގްރައުންޑް ފްލޯގައި ކެފޭއެއް ހަދާފައިވާއިރު ކޮންވެންޝަން ހޯލެއް ވެސް މި އިމާރާތުގައި ހިމެނެ އެވެ.  


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު