ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
މަރިޔަމް އަނާ
05 ޖޫން 2023 - 09:32
0
comments
Tweet
Telegram
އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000ރ. ގެ އެލަވަންސް މުތާލިއާ ކުރައްވަމުން އަންނަ ކަމަށާއި އެ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫ ސްކުއާ ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތަށް ކުރިއަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
"ދެން އޮތީ އިސް ރަށްވެހީންގެ، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސްއަށް ގެންނަންޖެހޭ ބަދަލު. އަޅުގަނޑުމެން މިދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް އަންނާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތަށް ގެންނަ ބަދަލުތައް ވެސް ވަރަށް އަވަަހަށް އިއުލާންކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ކުރިން ސަރުކާރުން ބުނެފައި އޮތީ މި މަސް ތެރޭ އެ ބަދަލު ހާމަކުރާނެ ކަމަށެވެ. ރައީސް ރޭ ދެއްކެވި ވާހަކައިގައި ވެސް ސީދާ ތާރީހެއް ނުދެއްވަ އެވެ.
އޭގެ އިތުރުން، އައްޑޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މި ސަރުކާރަށް ތަރައްގީގެ މަސައްކަތަށް ލިބުނީ ތިން އަހަރެއްހާ ދުވަސް ކަމަށާއި އެ މުއްދަތުގައި ހިންގީ ގައުމަށް އެންމެ ބޭނުންވާ ޕްރޮޖެކްޓުތައް ކަމަށެވެ.
"ތައުލީމަށް ބޮޑެތި އިންވެސްޓުތަކެއް އެބަ ކުރެވޭ. ހިލޭ ޑިގްރީ އެބަ ދެވޭ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައް އެބަ ގާއިމްކުރެވޭ، ޓްރެއިން ކޮށްގެން މީހުން އެބަ ނެރެވޭ، އެހެން ނަަމަަވެސް [އިޖްތިމާއީ، އާއިލީ] އިޝޫތައް ހައްލު ނުކޮށެއް ސްޓެބިލިޓީއެއް، ހައްލެއް ގާއިމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
އުމުރުން 65 އަހަރުވުމުން ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލު ތަންފީޒު ކުރައްވާ އެ އިނާޔަތް ދެއްވަން ފެއްޓެވީ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަމަށް ވަޑައިގެން ވަރަށް އިސްކަން ދެއްވާ އެކަން ތަންފީޒު ކުރެއްވި އެވެ.
އޭރު ގާނޫނުގައި ކަނޑައަޅާފައިވަނީ ކޮންމެ މަހަކު 2،000 ރުފިޔާގެ އިނާޔަތެކެެވެ. ނަމަވެސް ކޮންމެ ތިން މަހުން އެއް ފަހަރު އިންފްލޭޝަނަށް އަންނަ ބަދަލުތައް ބަލާ އެ އަދަދަށް ބަދަލު ގެނަން ކަނޑައަޅާފައި އޮތެވެ. އިނާޔަތް 2،300 ރުފިޔާއަށް ބޮޑު ކުރައްވާ ރައީސް ވަހީދުގެ ވެރިކަމުގައި ދެއްވަން ފެއްޓެވި އެވެ.
އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގާނޫނަށް ބަދަލު ގެންނަވާ ދޮށީ އުމަރުގެ މީހުންނަށް ދޭ އިނާޔަތް 5،000 ރުފިޔާ ކަމުގައި ހަމަޖެއްސެވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އުމުރުން ދުވަސްވީ މީހުންގެ އައިޑީކާޑު އާ ކުރަންނުޖެހޭ ގޮތް ހަދަނީ
18 ދުވަސް ކުރިން
0
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު
19 ދުވަސް ކުރިން
0
ސަރުކާރު ޖަވާބުދާރީކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން: ސޯލިހު
22 ދުވަސް ކުރިން
0
ޕީއެންއެފް އުފައްދާ ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމުން ކަންބޮޑުވޭ: ސޯލިހު
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި
58 މިނެޓް ކުރިން
0
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
1 ގަޑިއިރު ކުރިން
0
އައްޑޫސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފި
1 ގަޑިއިރު ކުރިން
0
ފިލައިގެން މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި
3 ގަޑިއިރު ކުރިން
0