ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
އަލީ ރާޒީ
23 އޭޕްރީލް 2024 - 11:11
0
comments
Tweet
Telegram
ރައްޔިތުންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ ސަރުކާރުތައް ހިންގާ ގޮތުގެ ސަބަބުން ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ވިހިވަނަ ރަައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރި އިރު އެޕާޓީގެ ތާއީދާ އެކު ހޮވުނު މެމްބަރުންނާ އެކު ޖުމްލަ 70 ގޮނޑި، އެޕާޓީއަށް ލިބުނެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ. ވިހި ވަނަ މަޖިލީހުގައި ޖުމްލަ 93 މެމްބަރުން ތިއްބަވާނެ އެވެ.
މަޖިލީހުގެ އިންތިހާބުގެ ދުވަސްކޮޅެއް ކުރިން ފެށިގެން ޖަލްސާތައް މެދުކަނޑާލައިފައި އޮތުމަށް ފަހު މަޖިލީހުގައި މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ސަލީމް ވިދާޅުވީ އާރާއިބާރު އަދި ތަނަވަސްކަމަކީ ﷲ އިރާދަކުރެއްވި އަޅަކަށް ދެއްވައި، އަދި ގެންދަވާ ކަންތައްތައް ކަމަށާއި އެކަމުން އިބުރަތް ހާސިލުުކުރަން ޖެހޭ ކަމަށެވެ. އެހެންވީމާ މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބާރު ހުރި ފަރާތްތަކުން މިކަންކަން ކުރާ ކަމަށް ވަންޏާ ދުވަހަކު ވެސް އަޅުގަނޑުމެންގެ މިގައުމު އިސްލާހުވެެގެން ނުދާނެ. އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަހުމަތްފުޅާ އެކީގައި އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އާ ސަރުކާރު އައުމުންވެސް މިހާރުގެ މަޖިލީހުން ފެނުނީ ބިރުދައްކާ އާރާއި ބާރު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ދަތިކުރިތަން ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
4 ދުވަސް ކުރިން
0
އެމްޑީޕީން 19 ވަނަ މަޖިލީހުގައި ކުރީ ފަޚުރުވެރިވާ މަސައްކަތްތަކެއް: ޝާހިދު
5 ދުވަސް ކުރިން
0
އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން: އަސްލަމް
10 ދުވަސް ކުރިން
0
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުޑަކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓިއްޖެ
16 ގަޑިއިރު ކުރިން
0
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި
16 ގަޑިއިރު ކުރިން
0
ރާއްޖެއާ އޮތް ނުތަނަސްކަން ނައްތާލެވޭނެ: އިންޑިއާ
18 ގަޑިއިރު ކުރިން
0
މިރޭގެ މަގްރިބު ނަމާދަށްފަހު މުދަލު ޒަކާތާ ބެހޭ ދަރުސްތަކެއް
21 ގަޑިއިރު ކުރިން
0