ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު ދެ އަކަށް އިތުރުކޮށްފި
އަލީ ރާޒީ
09 އޯގަސްޓް 2020 - 19:29
0
comments
Tweet
Telegram
ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ މަގާމުގެ އަދަދު ދެ އަކަށް ބަދަލު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު ސަސްޕެންޑުކޮށްފައި ހުއްޓާ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަހުމަދު ހައިލަމް ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އޭނާވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެހެންކަމުން މި މަހުގެ ހަ ވަނަ ދުވަހު ޖޭއެސްސީއިން ވަނީ އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައެވެ.
އެ އިއުލާނު އިސްލާހުކޮށް މިއަދު ޖޭއެސްސީއިން ވަނީ އިތުރު އިއުލާނެއް ނެރެފައެވެ. މިއަދު ޖޭއެސްސީއިން ބުނީ ކުރިން ކުރި އިއުލާނުގައި ކްރިމިނަލް ކޯޓަށް އެންމެ ފަނޑިޔާރަކު ހޯދަން އިއުލާނު ކުރި ނަމަވެސް، މިހާރު އެ އަދަދު ދެ އަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ އެ ކޯޓުގައި ދެ މަގާމު ހުސްކޮށް އޮތުމުން ކަމަށް ޖޭއެސްސީއިން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 16 އޮގަސްޓް ދުވަހުގެ 14:00 އާ ހަމައަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފަސްޓް ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އެހެން ބައެއް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާއި ގާޒީ ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ދުވަސް ކުރިން
0
ސަރުކާރަށް ބާރެއް ލިބިއްޖެނަމަ މުޅި ގާނޫނީ ނިޒާމު ފޫއަޅުވާލާނެ: ޑރ. ޖަމީލު
2 މަސް ކުރިން
0
ޝަރީއަތުގެ ވާހަކަ ލިޔެވޭ ސޮފްޓްވެއާ ލޯންޗްކޮށްފި
2 މަސް ކުރިން
0
ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ހޮވައިފި
3 މަސް ކުރިން
0
ފަނޑިޔާރު ސުއޫދު ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
4 ގަޑިއިރު ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
4 ގަޑިއިރު ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
4 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
5 ގަޑިއިރު ކުރިން
0