ޚަބަރު
ޝަރީއަތުގެ ވާހަކަ ލިޔެވޭ ސޮފްޓްވެއާ ލޯންޗްކޮށްފި
ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ކޭލި ސޮފްޓްވެއާ އުއްތަމަ ފަނޑިޔާރު ލޯންޗްކޮށްދެއްވަނީ
ޝަރުއީ ދާއިރާގެ ހިދުމަތް އަދި މައްސަލަ ނިންމުން އެތައް ގުނައަކުން އަވަސް ވެގެން ދާނެ ބޮޑު އިންގިލާބެއް ގެނެސްދީ، ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" މިއަދު ތައާރަފުކޮށްފި އެވެ.

ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ތަޢާރުފްކުރާ ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރއެއް ކަމަށްވާ "ކޭލި" މިއަދު އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ އެވެ.

މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު ކުޑަކުރެވި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް ވެސް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު