ޚަބަރު
ބަންޑާރަ ނައިބު އުޝާމް ބައެއް ކޯޓުތަކުގެ ހާލަތު ބައްލަވައިފި
ތިން ކޯޓެއްގެ އިމާރާތްތަކުގެ ހާލަތު ބަންޑާރަނައިބު އަހުމަދު އުޝާމް ބައްލަވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވި ގޮތުގައި އުޝާމް ބެއްލެވީ، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ހާލަތެވެ.

މި ޒިޔާރަތުގައި އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ އެކަމަށް އަވަހަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ އުޝާމް ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު