ޚަބަރު
މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، 8 ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަފީރު ކަމަށް ރުހުން ދީފައިވަނީ 8 ބޭފުޅަކަށެވެ.ސަފީރު ކަމަށް އައްޔަންކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިދިޔަ މި މަހުގެ 23 ގަ އެވެ.

މި ބޭފުޅުންގެ ނަންތއް ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ވަނީ ރުހުން ދިނުމަށް ފާސްކޮށްފަ އެވެ. 

ސަފީރު ކަމުގެ ރުހުން ދިން 8 ބޭފުޅުން ނަކީ:

1. ޔޫއޭއީ - މުހައްމަދު ހުސެއިން ޝަރީފް (މުންދު)

2. އިނގިރޭސިވިލާތް - އިރުތިޝާމް އާދަމް

3. އދ. - އަލީ ނަސީރު މުހައްމަދު (އަލިނީ)

4. ސްރީ ލަންކާ - މަސްއޫދު އިމާދު

5. މެލޭޝިއާ - މަރިޔަމް ޝަބީނާ އަހުމަދު

6. ބެލްޖިއަމް އާއި އީޔޫ - ގީލާ އަލީ

7. ސިންގަޕޫރު - މުހައްމަދު ލުވެއިޒު

8. ޖެނީވާ - ޑރ. ސަލްމާ ރަޝީދު


މުހައްމަދު ހުސައިން ޝަރީފް މީގެ ކުރިން ވަނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި ރައީސް އޮފީހުގެ ވަޒީރުކަމާއި ޔޫތު މިނިސްޓަރުކަމާއި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. މިވަގުތު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

ޑރ. އިރުތިޝާމް އާދަމް މީގެ ކުރިން ވަނީ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން އަދި ސަފީރުކަން ކުރައްވާފަ އެވެ. 

މި އަށް ބޭފުޅުންގެ އިތުރުން، ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަނުކުރުމަށް ރުހުން ދިނުން ވެސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު