ޚަބަރު
ޓެކްސީ އަގުތަކަށް ބަދަލުގެނައުމުން ޑްރައިވަރުން ނުރުހިއްޖެ
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އަގުތަކަށް ސަރުކާރުން ބަދަލު ގެނައުމުން, ޓެކްސީ ޑްރައިވަރުން އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގައި އިސްކޮށް އުޅޭ ބައެއް ޓެކްސީ ޑްރަވަރުން ބުނީ ފާއިތުވީ ތިން އަހަރު ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވިއިރު، ޓެކްސީގެ އަގު ހެޔޮކުރަން ސަރުކާރުން ޕްރެޝަރު ކުރުން ބަލައިނުގަނެވޭ ކަމަށެވެ.

"މުސާރަ ބޮޑުވީ. ހުރިހާ ހިދުމަތެއްގެ އަގުބޮޑުވީ. ހުރިހާ ތަކެތީގެ އަގު ބޮޑުވީ. އެކަމަކު ސަރުކާރުން މި ބުނަނީ ޓެކްސީގެ އަގުހެޔޮކުރަން ޖެހޭނެޔޭ. އަޅުގަނޑުމެން ވެސް ހަމަ ޑިމާންޑުކުރީ އަޅުގަނޑުމެންގެ މި އަގަށް ބަދަލެއް ގެނެސްދޭށޭ ތަންކޮޅެއް ރަނގަޅު ގޮތެއް ހަދައިދޭށޭ،" ޓެކްސީ ޑްރައިވަރުން ބުންޏެވެ.

ޑްރައިވަރުން ބުނި ގޮތުގައި, ސަރުކާރުން މި ފިޔަވަޅު އެޅީ އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތަކަށް, އެމްއޭސީއެލް މުވައްޒަފުންނާއި ފުލުހުން މެދުވެރިކޮށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ. އެގޮތުން, އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުން ހިފަހައްޓާ, ފަހަރަކު މީހަކަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމުން, އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމަށް ޑްރައިވަރުން ބުނެ އެވެ.

ޓްރާންސްޕޯޓުން 10-7 ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް

  • އެތެރޭގެ ދަތުރުތައް - 45ރ.
  • މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން) - 130ރ.
  • މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ) - 150ރ.
  • މާލެއިން އެއާޕޯޓަށް - 110ރ.
  • ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް - 60ރ.
  • ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް - 125ރ.
  • ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް - 155ރ.
  • ޑޮމެސްޓިކް ޓާމިނަލަށް ދަތުކުރާ ނަމަ - އެއާޕޯޓު ދަތުރު އަގުގެ އިތުރަށް 15ރ.
  • ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް - 5ރ.
ދެ ސަރުކާރެއް ނިމި ތިންވަނަ ސަރުކާރެއް މިހާރު ވެރިކަމުގައި އޮތްއިރު ޓެކްސީތަކާ ގުޅިގެން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެއީ އެވެ. އެކި އަގު ނެގުމުގެ ސަބަބުން އާންމުންގެ ގިނަ ޝަކުވާތަކެއް ހުއްޓެވެ. ޓެކްސީ ކިއު ބަލަހައްޓަން ފުލުހުން ނެރޭ ހިސާބަށް ކަންކަން ދިޔައީ އެވެ. ކިއުއެއް ބަލަހައްޓަން ފުލުހުން ނެރެން ޖެހުމަކީ ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ލަދުވެތި ކަމެކެވެ. 

ސަރުކާރުން މި ކަމުގެ ތެރެއަށް ނުވަދެ، ޓެކްސީ ޑްރައިވަރުންނާ މެދު ވެފައިވާ އިހުމާލު ބަލައި، މީގެ ކުރިން ވެސް ދަތުރު ކުރަމުން ދިޔަ އަގުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ޑްރައިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު