ވިޔަފާރި
ބީއެމްއެލްއިން ޗެއާއަކަށް ކެބިނެޓް ސެކްރެޓަރީ ހަމަޖައްސައި އާ މެންބަރުން ލައިފި
ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން - ފޮޓޯ/ ބީއެމްއެލް
ގައުމީ ބޭންކް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ތިން ބޭފުޅަކު ހަމަޖައްސައި އެބޭފުޅުންގެ ތެރެއިން އަހުމަދު އަލީ ހަބީބު ނޫވިލާގެ، ސ. ހިތަދޫ، ބީއެމްއެލްގެ ޗެއާޕާސަން ކަމަށް އައްޔަންކޮށްފި އެވެ.

އަލީ ހަބީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ކެބިނެޓް ސެކްރެޓަރީ އެވެ. ސިޔާސީ އެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ މިނިސްޓަރު ފެންވަރުގަ އެވެ. 

ސަރުކާރުން އެދިގެން އޮންލައިންކޮށް މިއަދު ބޭއްވި ބީއެމްއެލްގެ ހިއްސާދާރުންގެ ހާއްސަ ޖަލްސާ ނުވަތަ އީޖީއެމްގައި ހަބީބުގެ އިތުރުން ދެން ބީއެމްއެލްގެ ބޯޑަށް ހަމަޖައްސާފައި ވަނީ ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:

1. ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު.

2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު.

3. ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ.

4. މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް.

5. ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން.

6. ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

1. ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް.

2. މ. ގަސީމް، މޫސާ ރަޝީދު.

3. މ. ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އައިޝަތު ސަޖުނީ އެ މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އޭގެއިތުރުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އައިޝަތު ނޫރައްދީން އޮގަސްޓު 27، ގައި އިސްތިއުފާ ދެއްވިއިރު ސްޓުމަކް އިސްތިއުފާދެއްވީ މި ހިނގާ ސެޕްޓެމްބަރު 9، ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު