ޚަބަރު
ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީ ހިދުމަތް ނުދެވޭ ގޮތް ހަދައިފި
ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުވެ، އެ ހިދުމަތް ދިނުމުގެ ހުއްދަ ނުލިބޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.

މީގެ ދެ އަހަރުކުރިން ޓެކްސީ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތި ވެސް ޓެކްސީ ހިދުމަތް ދެވޭނެ އެވެ. ނަމަވެސް، މިދިޔަ ހަފްތާގައި ޓްރާންސްޕޯޓުން ގެޒެޓުކުރި އާ އިސްލާހުގައިވާ ގޮތުން މީގެ ފަހުން ކާރު ޓެކްސީ ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަންޏެވެ. 

އެ އިސްލާހުގައިވާ ގޮތުން:

  • ކާރު ޓެކްސީ ލައިސެންސްއަށް ދޫކުރާ އުޅަނދަކީ ލައިސެންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށްވާން ޖެހޭ

  • ކާރު ޓެކްސީ ލައިސެސްއަށް އެދޭއިރު، ޓެކްސީ ސެންޓަރުގެ ލިޔުން ހުށަހަޅަން ޖެހޭނެ

ގަވައިދުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށަން އޮތީ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެހެން ކަމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި ބަދަލު ތަންފީޒު ކުރަން މިހާރު ވާނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު