ޚަބަރު
ޑްރަގްސް އެތެރެކުރި 65 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ޑްރަގްސް އެތެރެކުރި 65 އަހަރުގެ މީހާ: ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް 65އ. މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގުގެ އެވެ.

ފުލުހުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ސްރީ ލަންކަން އެއާލައިންސުން އައި އަބްދުﷲ ސޯދިގު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސްއިން ވަނީ މިދިޔަ ހޯމައިން ބުދަ ދުވަހާ ދެމެދު އެކަނި ވެސް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ކިލީގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު