ޚަބަރު
މަގުތަކުގައި ހުރި ބާ އުޅަނދުތައް އަނެއްކާވެސް ނަގަން ފަށައިފި
މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފުލުހުންނާއި ކައުންސިލް މުވައްޒަފުން މަސައްކަތް ކުރަނީ
މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން އަނެއްކާވެސް ނަގަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ އުޅަނދުތައް ނަގަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.

ކައުންސިލްގެ މީޑިއާ އޮފިސަރު އަމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ ޓޯ ކުރާ އުޅަނދުތައް ނިންމަނީ ފުލުހުންގެ ފަރާތުން ކަމަށާއި ކައުންސިލްގެ ދައުރަކީ މިކަމުގައި އެ އިދާރާއަށް އެހީތެރިވުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދުތައް ޓޯ ކުރުމަށް ފަހު، އެ އޮންނަ އުސޫލެއްގެ ދަށުން ވެރިފަރާތަށް ފުލުހުން އަންގާނެ އެވެ.

މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ އަދި ވެސް ގުޅުން ހުރި އިދާރާތައް ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގައިފަ އެވެ. އޭރު 100އަށް ވުރެ ގިނަ އުޅަނދު ނަގާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު