ދުނިޔެ
އަމާންކަމާ އެކު ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ނިންމާލައިފި
ސްރީ ލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ކިއޫ ހަދާފައި. -- ފޮޓޯ: އޭއެފްޕީ
ލަންކާ - ގިނަ ބަޔަކު ވޯޓުލާން ނިކުތް ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން އަމާންކަމާ އެކު މިއަދު ނިންމާލައިފި އެވެ.

އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ލަންކާ ގަޑިން ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަނެެއްހާ މީހުންގެ ތެރެއިން 70 ޕަސެންޓެއްހާ މީހުން ވަނީ ވޯޓުލައިފަ އެވެ.

އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންތައް ވަނީ ގިނަ ވައުދުތަކެއްވެ، އެ ގައުމު މިހާރު އޮތް އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މި އިންތިހާބުގައި 39 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވި އުމުރުން 79 އަހަރުގެ ކެނޑިޑޭޓުގެ ނަން ވެސް ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާނީ މާދަމާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު